އާދިއްތަ, November 1
ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ހަމަޔެއްނޫން: ރައީސް

ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ޤަބޫލުކުރާ ހަމަޔެއްނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ނޫސްތަކާއި މީޑިއާ ތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާކު ޤަބޫލުކުރާ ހަމަޔެއްނޫންކަމާއި، މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއަކަށް ހެދުމަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު" މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. މި ބިލް ރައްޔިތުންގެ މަޖްލީހަށް ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ.

އެ ބިލް އޮތީ މީޑިޔާ ތަކާއި ނޫސްވެރިން ޖޫރިމަނާކޮށް އަދި އެ ތަންތަނުގެ ލައިސެންސް ހިފެހެއްޓުމުގެ ބާރު މީޑިއާ ކޮމިޝަނަށް ލިބޭ ގޮތަށެވެ. ނަމަވެސް، އެއީ ނޫސްތަކާއި ޓީވީތަކުގައި މިނިވަންކަން ނަގާލުން ކަމަށް ސިފަކޮށް، ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސުލޫކީ މިންގަނޑާ ހިލާފު ވެއްޖެނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާކުރުމާއި އަދި ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެ ބިލް އޮތްގޮތުން ކޮމިޝަނަށް ލިބެ އެވެ. އަދި ނޫސްތަކުގެ ލައިސަންސް ބާތިލް ކުރެވެ އެވެ.

މި ބިލަށް ތާއީދު ކުރުމާ ގުޅޭގޮތުން ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީއެންސީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު