އާދިއްތަ, November 1
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ދެމީހަކު ހޯދަން އިއުލާންކޮށްފި

ދިވެހި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ މާއިސް މުޙައްމަދު، ކ.ކާށިދޫ,ފަޒާ  (27އ) އަދި  ޢާއިޝަތު ނުހާ، އދ. ކުނބުރުދޫ/މާބަގީޗާގެ  (24އ) އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މީހުން ހޯދަން އިއުލާން ކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެމީހުން ތަހުގީގަށް ހާޒިރުކުރަނީ ސުވާލުކުރުމަށް ކަމަށެވެ.

ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް 2024 ނޮވެންބަރު 20 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރު ވުމަށް ފުލުހުން ވަނީ އެދެމީހުންނަށް އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު