އާދިއްތަ, November 1
ފުވައްމުލައް ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެ

ފުވައްމުލައް ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް، މިސްކިތްމަގު، މާކޯނި، އިޒްޔާން ހުޝާމް މުޙައްމަދު (4އ) އެވެ.

ފުލުހުން ބުނީ އިޒްޔާން ހުޝާމް މުޙައްމަދު އެންމެ ފަހުން ފެނިފައިވަނީ މިއަދު 16:45  އެހައިކަންހާއިރު ފުވައްމުލައް ދިގުވާޑު ފުލެޓް ނަންބަރު 02.ޖީ.18 ފުލެޓް ފަހަތުން ކަމަށާއި އޭރު ލައިގެންހުރީ ނަންބަރު 10 ޖަހާފައިވާ ކަޅުކުލައި ޖާޒީ އެއް ކަމަށް ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ.

އިޒްޔާން ފެނިފައިވަނީ ފްލެޓެއްގެ ތެރޭގައި ހުއްޓާ ކަމާއި އިޒްޔާންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ކަށަވަރު ކޮށްދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު