އާދިއްތަ, November 1
ރައީސް ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި

ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓް"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގެ ރިޔާޒަށް ވަޑައިގެންފި އެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދައުވަތަކަށް، މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރިތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ސަމިޓުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރިޔާޒުގައި ނިންމި ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރަވައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުއްލަވައި، އަދި ޕަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތައް ކުށްވެރި ކުރައްވަމުންނެވެ.

މިއަދު ބާއްވާ މި ސަމިޓުގެ ސެޝަންގައި، ރާއްޖޭގެ ބަޔާން ރައީސް އިއްވަވާނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު