އާދިއްތަ, November 1
ފުވައްމުލަކު ސިޓީން ހަތަރު އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

ފުވައްމުލައް ސިޓީން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، މާކޯނި އިޒްޔާން ހުޝާމް މުޙައްމަދު (4އ) އެވެ

ފުލުހުން ބުނީ އިޒްޔާން ހުޝާމް މުޙައްމަދު އެންމެ ފަހުން ފެނިފައިވަނީ މިއަދު 16:45 އެހައިކަންހާއިރު، ފުވައްމުލައް ދިގުވާޑު ފުލެޓް ނަންބަރު 02.ޖީ.18 ފުލެޓް ފަހަތުން ކަމަށާއި އޭރު ލައިގެންހުރީ ނަންބަރު 10 ޖަހާފައިވާ ކަޅުކުލައި ޖާޒީ އެއް ކަމަށް ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އިޒްޔާން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލައް ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792803 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން އެދެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު