އާދިއްތަ, November 1
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ އުމުރުން 36 އަހަރުގެ ދާރުލްޤަރާރު / މާލެ، އިސްމާޢީލް ރަޝީދު ޝާވިން އެވެ.

ފުލުހުން ބުނީ އެ މީހާ ހޯދަން އިއުލާން ކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ތަހުގީގަށް ހާޒިރުކުރަނީ ސުވާލުކުރުމަށް ކަމަށެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް، 2024 ނޮވެންބަރު 17 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް ފުލުހުން އޭނާއަށް އަންގާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު