Saturday, October 31
ޤައުމުގެ އިޖުތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަގާފަތު ރައްކާތެރިކުރަން ޖެހޭކަމަށް ޑރ. ޝަހީމް ވިދާޅުވެއްޖެ

ގައުމުގެ އިޖުތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަގާފަތު ރައްކާތެރިކުރަން ޖެހޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމާއި ޤައުމުގެ އިޖުތިމާއީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރަންޖެހޭ ކަމާއި އަދި ކީރިތި ގުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގައި ކަމަށެވެ.

މިނިސްޓަރު ޝަހީމް މިގޮތަށް ވިދާޅުވީ މިހާރު އައްޑޫގައި ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ހުއްޓާލުމަށާއި އެކަން އިންތިޒާމުކުރާ ފަރާތްތަކަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުމަށް މީސްމީޑިއާގައި ގިނަ ޢަދަދެއްގެ ރައްޔިތުން ގޮވާލުމާއި ގުޅުވާފައެވެ.

އައްޑޫ ސިޓީގައި ބޭއްވި މި ބޮޑީ ބިލްޑިން މުބާރާތުގެ ފޮޓޯތަކާއި ވީޑިއޯ ތަކުގައި އަންހެނުންނާއި ފިރިހެނުން މައްސުނިކޮށް ބޮޑީ ބިލްޓް ކުރާ މަންޒަރުފެނެއެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

ރާއްޖެއާއި އެއްކޮށް ގިނަ ގައުމުތަކުން ބައިވެރިވާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ކުރިިއަށް ދަނީ އައްޑޫ ކެނަރީފް ރިސޯޓްގަ އެވެ.

މި މަހުގެ 5 ގައި ފެށި އެ މުބާރާތުގެ އެންމެ ފަހުގެ އިވެންޓް އޮންނާނީ މާދަމާ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު