އާދިއްތަ, November 1
ދިޔަވަމުން ދިޔަ ދޯންޏަކުން ދިޔަ ހިއްކުމުގައި އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫ ސިޓީ މަރަދޫ ބަނދަރުގައި އަޅާފައި އޮއްވައި، ދިޔަވެ އަޑިއަށްދިޔަ ދޯންޏަކުން ދިޔަ ހިއްކުމުގައި އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއް ގައި އެމްއެންޑީއެފްއިން ބުނީ އައްޑޫ ސިޓީ މަރަދޫ ބަނދަރުގައި އަޅާފައި އޮއްވައި، ދިޔަވެ އަޑިއަށްދިޔަ ދޯންޏަކުން ދިޔަ ހިއްކުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދޯނި ދިޔަވަމުން އަންނަ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ދަންވަރު 01:05 ހާއިރު ކަމަށެވެ. އެ ރިޕޯޓް ލިބުމާއިއެކީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި ކުރި މަސައްކަތުން ދޯނީގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ ރޭ ފަތިހު 05:10 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު