Saturday, October 31
ބޮޑީބިލްޑިން މުބާރާތް ހުއްޓާލަން އަލީ ރަމީޒް ގޮވާލައިފި

އައްޑޫގައި މިހާރު ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ހުއްޓާލުމަށާއި އެކަން އިންތިޒާމުކުރާ ފަރާތްތަކަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުމަށް އަލީ ރަމީޒް ގޮވާލައިފި އެވެ.

މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އަލީ ރަމީޒް ބުނީ ބޮޑީ ބިލްޑިންގެ ނަމުގައި އައްޑޫގައި އަންހެނުންނާއި ފިރިހެނުން އޮރިޔާމުން ސްޓޭޖްމަތީ މި ވަގުތު ކުރިއަށް ގެންދާ ފާހިޝް ނުބައި ހަރަކާތްތައް އިންތިހާ އަށް ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ހަރަކާތް މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް އެނާ ގޮވާލާ ކަމާއި، އަދި އެ ލާދީނީ ހަރަކާތް ރާވައިގެން ކުރިއަށް ގެންދާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ގޮވާލާ ކަމެވެ.

ރާއްޖެ އާއި އެއްކޮށް ގިނަ ގައުމުތަކުން ބައިވެރިވާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ކުރިިއަށް ދަނީ އައްޑޫ ކެނަރީފް ރިސޯޓްގަ އެވެ.

މި މަހުގެ 5 ގައި ފެށި އެ މުބާރާތުގެ އެންމެ ފަހުގެ އިވެންޓް އޮންނާނީ މާދަމާ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު