އާދިއްތަ, November 1
އައްޑޫ ސިޓީގައި ޒުވާނަކު ދަންޖެހިފައި ހުއްޓައި ފެނިއްޖެ

އައްޑޫ ސިޓީގެ ހަންކެޑެ އާއި ގައުކެނޑި ގުޅުވައިދޭ ކޯޒްވޭގައި ޒުވާނަކު ދަންޖެހިފައި ހުއްޓައި ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ދަންޖެހިފައި ހުއްޓާ ފެނުނުނީ މަރަދޫފޭދޫ އަށް ނިސްބަތްވާ، އުމުރުން 19 އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.

މަައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާ ދަންޖެހިފައި ހުރީ ބްރިޖުގެ ރެއިލިން ދަގަނޑެއްގައި ވާގަނޑެއް އައްސައިގެންނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ.

މި މައްސަލައިގައި އަދި ފުލުހުންގެ ބަހެއް ނުލިބެ އެވެ. ނަމަވެސް އެ ކަންތައް ހިނގައިދިޔަ ގޮތް ބެލުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު