Saturday, October 31
ގަވާއިދާ ހިލާފަށް އުޅުނު 13 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅުނު 13 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގައި މާލޭގައި ބިދޭސީން ދިރިއުޅެމުންދިޔަ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ފެށި އޮޕަރޭޝަނުގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު