އާދިއްތަ, November 1
ދޯންޏެއްގެ ބުރަފަތީގައި ޖެހި 15 އަހަރުގެ ސިންގަޕޫރު ކުއްޖެއް މަރުވެއްޖެ

އދ. ދިގުރަށް ކައިރިން ދޯންޏެއްގެ ބުރަފަތީގައި ޖެހި އުމުރުން 15 އަހަރުގެ ސިންގަޕޫރު ކުއްޖެއް މަރުވެއްޖެ އެވެ.

ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ އދ. ދިގުރަށަށް އެކުއްޖާ ދިޔައީ ވޭލްޝާކު ރިސާޗެއް ހަދަން ސްޓަޑީ ޓުއަރ އެއްގަ ޓީމްއަކާ އެކީ ކަމަށެވެ.

އަދި އުމުރުން 15 އަހަރުގެ ސިންގަޕޫރުގެ އެ އަންހެން ކުއްޖާ ސްނޯކަލިންގަށް ގޮސް، މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމްވެގެން އެރަށު ސިއްޙީ މަރުކަޒަށް މިއަދު ހެނދުނު 9:55 ހައިރު ގެންދިޔަ ކަމަށެވެ.

ސިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް އެކުއްޖާ ވަނީ މަރުވެފަ ކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ފުލުުހުނުް ބުނެފައިވެ އެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު