އާދިއްތަ, November 1
ފޮޓޯ/ވޮއިސް

ހުޅުމާލޭ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި ގޭންގަކުން ދިވެއްސަކު ރަހީނުކޮށްފައި ވަނިކޮށް ފުލުހުން ވަދެ އެމީހާ ސަލާމަތްކޮށްފި އެވެ.

ސަބަބަށް އެނގިފައިވާ ގޮތުގައި އެމީހާ ރަހީނުކޮށްގެން ގެންގުޅެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ 9 ވަނަ ޓަވަރުގައި ހުންނަ ފުލެޓެއްގެ ތެރޭގައެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ ރޭ 8:00 ހާއިރު ކަމަށެވެ. މި ރިޕޯޓު ލިބުމާއި އެކު ފުލުހުންގެ އިންޓެލިޖެންސާއި ގޭންގު ކްރައިމްސް އޮޕަރޭޝަން ޔުނިޓު އަދި ހުޅުމާލޭ ކްރައިމްސް ޑިޕާޓްމަންޓު ގުޅިގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފެށިތާ މާގިނައިރުތަކެއް ނުވަނީސް، ވަނީ އެ ފުލަޓް ހޯދިފައި ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން ދޮރު ވައްޓާލައިގެން ފުލެޓުގެ ތެރެއަށް ފުލުހުން ވަން އިރު، އެ ގޭންގުން ވަނީ ރަހީނުކޮށްގެން ގެންގުޅުނު މީހާގެ ބޯ ބާލާފައި ކަމަށާއި އޭރު އެމީހުން މަސައްކަތްކުރަމުންދިޔައީ ރަހީނު ކުރި މީހާގެ އިނގިލިތައް ބުރިކޮށްލުމަށް ކަމަށް ރަހީނުގައި ހުރި މީހާ މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ފުލެޓަކީ މީގެކުރިންވެސް މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ހިންގާ ތަނެއްކަން ފާހަގަވެފައިވާ  ފުލެޓެއް ކަމަށާއި އެތަނުން މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށެވެ.

އަދި ރަހީނުގައި ހުރި މީހާ ވަނީ މިހާރު ރައްކާތެރި މާހައުލަކަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު