މި އަހަރު ދިރާގުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ރޯޑް ރޭސްގައި ބައިވެރިވެ، ދުވަނިކޮށް ހާޓް އެޓޭކް ޖެހުނު މީހާ މިއަދު ނިޔާވެއްޖެއެވެ.
ހުޅުމާލޭގައި ބޭއްވި ރޯޑް ރޭސްގައި ދުވަނިކޮށް ހާޓް އެޓޭކެއް ޖެހިފައިވަނީ އުމުރުން 45 އަހަރުގެ މއ. ވައިޓް، އަލީ އުމަރު މަނިކް ނަމަކަށް ކިޔާ މީހެކެވެ.
އޭނާ އަށް ހާޓް އެޓޭކް ޖެހުނީ ހުޅުމާލޭގައި މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އެ ދުވުމުގެ ފަސް ކިލޯމީޓަރު ރޭސް ނިމުނު ފަހުންނެވެ. ހާޓް އެޓޭކް ޖެހުމާއި އެކީ އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް އޭނާ ގެންދެވުނެވެ.
ދިރާގުން ވަނީ އޭނާ ނިޔާވި ކަން ކަަށަވަރު ކޮއްދީ އެ ހަބަރާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސަހަރާގައި މިރޭގެ ފަތިސް ނަމާދަށްފަހުގެ އެވެ.
މި ލިޔުން ކިޔާލުމުން