އާދިއްތަ, November 1
ހުރަވީ ސްކޫލުގެ ކެޑޭޓުންނަށް ހުވާ ލައިދީފި

ހުރަވީ ސްކޫލުގެ ކެޑޭޓުންނަށް ހުވާ ލައިދީ ހަތިޔާރު ހަވާލުކޮށްދީފިއެވެ.

ހުރަވީ ސްކޫލުގައި މިކަމަށް ޓަކައި އޮކްޓޫބަރު 31 ވަނަ ދުވަހުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ރަސްމިއްޔާތުގައި އެ ސްކޫލުގެ 55 ކެޑޭޓުންނަށް ވަނީ ހަތިޔާރު ހަވާލުކޮށްދެވިފައި ކަމަށެވެ.

މި ރަސްމިއްޔާތުގައި، ކެޑޭޓުންނަށް ހަތިޔާރު ހަވާލުކުރާ އިރު އަންގާއެންގުން އިއްވައިދެއްވީ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 4 ގެ ޕްލެޓޫން ލީޑަރ، ލެފްޓިނެންޓް އާދަމް ރިޔާޒްއެވެ.

އަދި އެ ކެޑޭޓުންނަށް ހަތިޔާރު ހަވާލުކޮށްދެއްވީ، މެރިން ޑިޕްލޯއިމަންޓް ޔުނިޓް 4 ގެ ޕްލެޓޫން ލީޑަރ، ލެފްޓިނެންޓް އާދަމް ރިޔާޒްއާއި ޑައިރެކްޓްރޭޓް އޮފް ފައިނޭންޝަލް މެނޭޖްމަންޓް އެންޑް ކޮމްޕްޓްރޯލަރގެ ޑެޕިއުޓީ ކޮމްޕްޓްރޯލަރ، ލެފްޓިނެންޓް އަޙްމަދު އިޙްސާންއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު