އާދިއްތަ, November 1
އެޗްޑީސީ ގެ ޗެއާމަނަކަށް އަހްމަދު ނާސިފް އައްޔަނުކޮށްފި

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަނަކަށް އަހްމަދު ނާސިފް އައްޔަނުކޮށްފިއެވެ.

އެޗްޑީސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް އައްޔަނު ކުރިކަން އިއުލާނުކޮށް މަރުހަބާ ކިޔާފައެވެ.

ނާސިފް ވަނީ މީގެ ކުރިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ޗެއާމަންކަން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަން އަދި މީގެއިތުރުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަން އަދާކުރައްވާފައިވެއެވެ.

އަދި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރުކަން ވެސް ނާސިފް ވަނީ އަދާކޮށްފައެވެ. މިމަގާމަށް ނާސިފް އައްޔަން ކުރުމާއި ގުޅިގެން އެތައްބަޔަކު ވަނީ މަރުހަބާ ކިޔައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު