އާދިއްތަ, November 1
ފުވައްމުލަކު ސިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފުވައްމުލަކު ސިޓީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތެރޭގައި ހުރި ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް މިއަދު ހެނދުނު 09:40 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިކަމަށެވެ.

މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ކުނިތަކުގައި ރޯވެފައިހުރި އަލިފާން ނިއްވާލެވުނީ މިއަދު 15:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޔެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު