އާދިއްތަ, November 1
ރައީސްގެ މަރުހަބާ ޑޮނަލްޑް ޓްރަމްޕަށް

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މަސްލަހަތު އެކުލެވޭ ކަންކަމުގައި އަދި ދުނިޔޭގެ ސުލްހަމަސަލަސްކަމަށް ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެއިން ދެމި އޮންނާނެ ކަމަށެވެ.

އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމުގައި ގަބޫލުފުޅުކުރައްވާކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ރިޕަބްލިކަންގެ ކެނޑިޑޭޓް ޑޮނާލްޑް ޓްރަމްޕް ވަނީ ޑިމޮކްރެޓްގެ ކެނޑިޑެޓް އަދި މިހާރުގެ ނައިބުރައީސް ކަމަލާ ހެރިސް އާއި ވާދަކުރައްވައި 51 އިންސައްތަ އިލެކްޓޯރަލް ވޯޓް ކާމިޔާބުކުރައްވާފައެވެ.

ޓްރަމްޕް ވަނީ މީގެކުރިންވެސް ރިޔާސީ އެއް ދައުރު ފުރިހަމަ ކުރައްވާފަ އެވެ. ރިޔާސީ ދެވަނަ ދައުރަކަށް ޓްރަމްޕް އިންތިހާބުވުމާ ގުޅިގެން ގައުމުތަކުގެ ވެރިން މިހާރު ގެންދަވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވަމުންނެވެ.

ޓްރަމްޕްގެ މި މޮޅާ އެއްކޮށް ޓްރަމްޕް ވެގެން ދާނީ އެމެރިކާގެ 47 ވަނަ ރައީސްއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު