Saturday, October 31
5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

މާލޭގައި ހުންނަ ރެސްޓޯރަންޓެއް ބަލާ ފާސްކޮށް 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝެއްގައި މާލޭގައި ހުންނަ ރެސްޓޯރަންޓެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި، ގަވާއިދާ ހިލާފަށް މިތަނުގައި މަސައްކަތް ކުރަމުންދިއަ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލެ އިން  ގިނަ އަދަދެއްގެ ބަޔަކު ވަނީ އަތުލައިގަނެފައެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު