Saturday, October 31
މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަށް ސާވޭ ކުރުމަށް ޗައިނާގެ ޓީމެއް ރާއްޖެއަށް

މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމަށް ސާވޭ ކުރުމަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއާއި ވިލިމާލޭގެ މަގުތައް މަރާމާތުކޮށް ތަރައްގީ ކުރުމަށް ޗައިނާއިން ކުރާ މަސައްކަތުގެ ދަށުން ސާވޭ ކުރުމަށް އެ ގައުމުގެ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ.

މިނިސްޓްރީން މިހާރު ވަނީ މި މަހުގެ 3 ވަނަ ދުވަހު ރާއްޖެ އައި ޗައިނާގެ ޓީމާއެކު ބައްދަލުވުމެއް ބާއްވާފައެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ބަލައި ސާވޭއަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މި މަހުގެ 21 ގެ ނިޔަލަށް ޗައިނާގެ ޓީމުން ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު