އާދިއްތަ, November 1
ނައިބު ރައީސް ކުޅުދުއްފުއްޓަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ކުޅުދުއްފުށި ސިޓީއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

"ހަށިހެޔޮ ރާއްޖެ" ޕްރޮގުރާމަކީ "ލީޑިން ލީޑަރސް"ގެ ނަމުގައި ލީޑާރސް ތަމްރީނުކުރުމަށްޓަކާ ހަ ޒޯނަކަށް ބަހާލައިގެން، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، މިހިނގާ ނޮވެންބަރ މަހުގެ 4 ވަނަ ދުވަހު ފަށާއިގެން ކުރިއަށް ދާ ޕްރޮގުރާމެކެވެ.

މި އިފްތިތާހުކުރި ޕްރޮގްރާމަކީ މި ސަރުކާރުގެ ހަފުތާ 14 ގެ ވަޢުދުތަކުގައި ހިމެނޭ، މޮޅެތި އެތުލީޓުން އުފެއްދުމާބެހޭ ދިގު ރާސްތާގެ ޕްރޮގްރާމް ފަރުމާކުރުމުގެ ސިޔާސަތުގެ ތެރެއިން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ކުރިއަށް ގެންދަވާ ހަރަކާތެކެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު