Monday, November 2
ޒިއޯން މޯބައިލްސްގެ ފިހާރަ ތަޅާލާ ވައްކަންކޮށްފި
ރޭގެ ފަތިހުގެ ވަގުތެއްގައި މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ އެ ފިހާރާއިން ވައްކަންކޮށްފިއެވެ. ފުލުހުން ބުނީ ރޭ ފަތިހު 5:35 އެހާކަންހާއިރު ވައްކަމުގެ މިހާދިސާގެ ރިޕޯޓް ލިބިފައިފައި ވާކަމަށެވެ. މިހާދިސާގެ ސީސީޓީވީ ފުޓެޖު ހިމެނޭ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. އެނގިފައިވާ ގޮތުގައި ވަގަށް ގެންގޮސްފައިވަނީ މޮބައިލް ފޯނުތަކަކާއި ވަތްގަނޑުގައި ޕެޓީކޭޝްގެ ގޮތުގައި ބަހައްޓާފައި ހުރި 1000 ރުފިޔާއެވެ. އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު