Monday, November 2
ނަސްރުގެ ދުވަހުގެ މުހިންމު ދެ ހަރަކާތުގައި ރައީސްއަކު ބައިވެރިވިތަން ފެނުނު މިއީ ފުރަތަމަ ފަހަރު: އިޙްސާން

ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ނަސްރުގެ ދުވަހުގެ މުހިންމު ދެ ހަރަކާތުގައި ބައިވެރިވިތަން ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ 11 އަހަރުގެ ސިފައިންގެ ޚިދުމަތުގައި އަދި އޭގެ ފަހުން މިވީ 8 އަހަރު ތެރޭގައި، މި ދެ ހަރަކާތުގައި ނުވަތަ މީގެ ތެރެއިން އެއްވެސް ހަރަކާތެއްގައި ރައީސް އަކު ބައިވެރިވެވަޑައިގެންނެވި ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަމަށް އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމުގައި ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އަދި މީގެ އިތުރުން، ނަސްރުގެ ދުވަސް ފެށުމަށް ސިފައިން އެއްޖަމާޢަތެއްގައި ކުރެވުނު ފަތިސް ނަމާދުގެ ޖަމާޢަތުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު