ދިވެހިރާއްޖެއަށް އެތެރެކުރި 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅގެން ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ / ފާގަތިގެ، އަަޙްމަދު ނަޞީރު (45އ)، ގއ. ކަނޑުހުޅުދޫ / ނެސްޓް، ޢަލީ އައިހަމް (18އ) އަދި ރޮހަމާން، ބަނގްލަދޭޝް (29އ) ކަމަށެވެ.
ފުލުހުން ބުނީ އަަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ ކަސްޓްމަސް އިން ފުލުހުންނާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކޮށް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިގަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެ މީހުންގެ މައްޗަށް ކުރަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ.
އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 5 ކިލޯ 936 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަަޙްމަދު ނަޞީރު 5 ދުވަހަށް، ޢަލީ އައިހަމް 10 ދުވަހަށް އަދި ރޮހަމާން (29އ) 7 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން