Saturday, October 31
7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

އިމިގްރޭޝަނުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، ހަތް ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 31 އޮކްޓޫބަރު އަދި 1 ނުވެމްބަރު ވަނަ ދުވަހު ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލާ ފާސް ކުރެވިފައިވާކަމަށެވެ.

އަދި ސައްހަ ވިސާ ނެތި ހަރަކާތްތެރިވަމުން ދިއަ 7 ބިދޭސީ ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިކަމަށެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީންގެ މަސައްކަތްތައް ހުއްޓުވައި ގަވައިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ދަނީ ބަންދުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު