އާދިއްތަ, November 1
ސިނގިރޭޓު ކާޓޫންތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ސިނގިރޭޓު ކާޓޫންތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ރޭ މެންދަމު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ މި މަހުގެ 2 ވަނަ ދުވަހުގެ 5:40 ހާއިރު ފުލުހުން ޕެޓްރޯލްކުރަމުންދިޔައިރު އޮލިމްޕަސް ކައިރިން ދިޔަ މީހަކާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި، އޭނާ ގެންގުޅުނު ދަބަސްތަކަކާއި ކޮތަޅުތަކެއް ބަލައި ފާސްކުރިއިރު 67 ކާޓޫން ސިނގިރޭޓު ފެނިފައިވާ ކަމަށެވެ.

އެ ސިނގިރޭޓު ކާޓޫންތަކަކީ އޯޝަން ނޯޓިކަލް ޕްރައިވެޓް ލިމިޓެޑުން އޭނާ ވަގަށް ނަގާފައިވާ ކަމަށް ތަކެތިކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކުރީ ށ.ފޭދޫ، ހިރުނދުމާގެ، އަޙްމަދު ލުޖެއިން (24އ) އެވެ.

އޭނާ 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު