އާދިއްތަ, November 1
ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު މި މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ޚާއްސަކޮށްގެން މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މައުރަޒު ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ މައުރަޒު ބައްލަވައިލައްވާފައެވެ.

މި މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެ ދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ.

މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަސްރުގެ ދުވަހުގެ މައުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ.

މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ.

މި މައުރަޒުގައި ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުންކުރި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.

ނޮވެންބަރު 3 އިން 9 އަށް ކުރިއަށްދާ މި މައުރަޒު ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން 12:00 އަށް އަދި މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު