އާދިއްތަ, November 1
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްއިން ގިނަ ހަރަކާތްތަކެއް ބާއްވަނީ

މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ބާއްވަން އެމްއެންޑީއެފްއިން ނިންމައިފިއެވެ.

އެމްއެންޑީއެފްއިން މިރޭ ބުނީ މި އަހަރުގެ ނަސްރުގެ ދުވަސް ދިވެހި ދައުލަތުން ކުލަގަދަކޮށް ފާހަގަކުރަން ފެށުމުން، އެމްއެންޑީއެފުން މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދުން ކަމަށެވެ.

އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދަށްފަހު، މާދަމާ ހެނދުނު، ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ

މާދަމާ ހެނދުނުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި އޮންނާނީ "ނަސްރު ދުވަހުގެ ސިފައިންގެ މައުރަޒު" ހުޅުވުމެވެ. ސިފައިންގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް އާޓް ގެލަރީގައެވެ.

މީގެއިތުރުން މާދަމާ ހަވީރު އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައި ޚާއްސަ މިލިޓަރީ ޑިސްޕްލޭއެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު މާދަމާ ރޭ ބާއްވާ ނަސްރު ދުވަހުގެ ޚާއްސަ ޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު