Saturday, October 31
މި ދައުރުގައި 120 އަށްވުރެ ގިނަ ރަށުގައި ކައުންސިލު އިމާރާތް އަޅައިދޭނަން: ރައީސް

މި ދައުރުގައި 120 އަށްވުރެ ގިނަ ރަށުގައި ކައުންސިލު އިމާރާތް އަޅުއްވައިދެއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލޭގައި '"އޮޅު ހިޔާ"' ގެ ނަމުގައި ތަރައްގީކުރި ކެޓް ޝެލްޓަރ ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މީގެކުރިން ރައީސް ވަނީ 50 ރަށެއްގައި ކައުންސިލު އިމާރާތް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް މިއަދު ވިދާޅުވީ ކުރިން ވެސް އިއުލާނުކުރެއްވި ގޮތަށް މިއަހަރު ތެރޭގައި މި މަޝްރޫއު ފެށިގެންދާނެ ކަމަށެވެ. އަދި އެއާއެކު މި ދައުރުގައި 120 އަށްވުރެ ގިނަ ރަށުގައި ކައުންސިލު އިމާރާތް އަޅުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

އަދި އިރާދަކުރެއްވިއްޔާ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގަ އެކުއެކީގަ 120 އަށްވުރެ ގިނަ ރަށުގަ ކައުންސިލު އިމާރާތް އަޅައިދޭނަން.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ވަނީ ރަށްރަށަށް ޒިޔާރަތް ކުރައްވައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައިފައެވެ.

ރައީސް ވިދާޅުވީ އެ ދަތުރުފުޅުތަކުގައި ވިހި، ތިރީސް، ސާޅީސް އަހަރުވެފައި ހުރި ކައުންސިލު އިމާރާތްތަކަށް ވެސް ވަދެވުނު ކަމަށެވެ. އެ ތަންތަން ހުރީ ވީރާނާވެ، ނެތިދާން ކައިރިވެފައިކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ ތަންތަން މަރާމާތު ކުރަން ކުރީ ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު