Saturday, October 31
ކައުންސިލުތައް ބާރުވެރިކުރުވައިގެން މިދަނީ ބަހާއި އަމަލާ ދިމާކުރަމުން: ރައީސް

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލުތައް ބާރުވެރިކުރުވުމަކީ ސަރުކާރުން ވީ ވައުދާ އެއްގޮތަށް، ކައުންސިލުތައް ބާރުވެރިކުރުވައިގެން ބަހާއި އަމަލާ ދިމާކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި '"އޮޅު ހިޔާ"' ގެ ނަމުގައި ތަރައްގީކުރި ކެޓް ޝެލްޓަރ ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރަކީ އެއްކަމަކަށް، ވާ ވައުދުތައް ފުއްދާނެ ސަރުކާރެއް ކަމަށާއި، އަމަލާއި ބަހާ ދިމާވާނެ ކަމަށެވެ. ދެވަނަ ކަމަކަށް މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރުމުގައި އަބަދުވެސް އިސްކަންދޭ ސަރުކާރެެއްކަމަށް ވިދާޅުވިއެވެ.

އެގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ގޮތަކުން ވެސް ކައުންސިލުތައް ބާރުވެރިކުރުވަން މަސައްކަތްކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

160 އެއްހައި ކައުންސިލުތަކާ އަޅުގަނޑު ގޮސް ބައްދަލުކޮށްފަވާނެ. މީގެކުރީގަ ކައުންސިލުތައް މާލެ ގެންނާނީ.

ރައީސް ވިދާޅުވީ އެ ބައްދަލުވުންތަކުގައި ކައުންސިލުތަކުން ފާހަގަކުރި ކަންކަން އަމިއްލަފުޅަށް ނޯޓު ކުރެއްވި ކަމަށާއި، ރައީސް އޮފީސް މެދުވެރިކޮށް، އެކަންކަން ކަމާބެހޭ ވުޒާރާތަކާއި އޮފީސްތައް މެދުވެރިކޮށް ތަންފީޒުކުރަމުންދާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގަ އެންމެ ބޮޑަށް އެންމެ އިސްކަމެއްދީގެން އަޅުގަނޑުމެން މަސައްކަތް ކުރަމުންދާކަން އެއީ ފެންނަން އޮތް ހަގީގަތް.

ރައީސް އިތުރަށް ވިދާޅުވީ އެގޮތަށް ރަށްރަށަށް ވަޑައިގެންނެވިއިރު ވިހި، ތިރީސް، ސާޅީސް އަހަރުވެފައި ހުރި ކައުންސިލު އިމާރާތްތަކަށް ވެސް ވަދެވުނު ކަމަށެވެ. އަދި އެ ތަންތަން މަރާމާތުކުރަން ކުރިން މަސައްކަތްކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ އިއުލާނުކުރި ގޮތަށް މިއަހަރު ތެރޭގަ ފެށޭނެ މަޝްރޫއުއެއް. އަޅުގަނޑު ކަނޑައެޅީ 50 ރަށެއްގަ ކައުންސިލު އިމާރާތް އަޅައިދޭން. އަދި އިރާދަކުރެއްވިއްޔާ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގަ އެކުއެކީގަ 120 އަށްވުރެ ގިނަ ރަށުގަ ކައުންސިލު އިމާރާތް އަޅައިދޭނަން.

ރައީސް ވަނީ ކައުންސިލުތަކަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދީފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން
ކައުންސިލުތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު