އާދިއްތަ, November 1
މިއީ ރައްޔިތުންގެ ސަރުކާރެއް، ހުރިހާ ކަމެއް ވެސް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން: ރައީސް

އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގައި ތަރައްގީކުރި ކެޓް ޝެލްޓަރ ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، ރައްޔިތުންގެ ފަޅީގައި ތިބެގެން މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ.

އެގޮތުން މިއަދާ ހަމައަށް އައިއިރުގައި ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުންގެ އިހުސާސްތަކަކީ ކޮބައިތޯ ވިސްނައިގެން ރައްޔިތުންނަށްޓަކައި އެތައް ކަމެއް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެތައް ދުވަހެއްވީ، އަތްލާން ނުކެރިފަ ހުރި އެތައް ކަމެއް.
ބާރުގަދަ އެތައް ބައެއްގެ ބާރުތަކުގެތެރޭގަ ތަޅުލެވިފަ ހުރި އެތައް ކަމެއް. ރައްޔިތުންގެ ފަޅިއަށް ސަރުކާރު ޖެހިލައިގެން މިދަނީ. ކުރިއަށް އޮތްތާ ވެސް ދާނީ އެހެން. އެކަމުގަ އަޅުގަނޑުމެންގެ ނެތް ދެވަނަ ވިސްނުމެއް.ހުރިހާ ކަމެއް ވެސް އަޅުގަނޑުމެން ކުރާނީ ރައްޔިތުންގެ ފަޅީގަ ތިބެގެން. ރައްޔިތުންގެ އިހުސާސްތައް ދެނެގަނެގެން.

އަދި އެ ކަން ކުރުމުގައި ކުރިއަށްދާނީ ކައުންސިލަރުންނާއި މަޖިލިސް މެންބަރުންނާއި މިގޮތަށް އިންތިޚާބުވެފައި ތިއްބަވާ ބޭފުޅުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ހޯދައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު