Saturday, October 31
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އޭޕްރީލް 6 ގައި، ބޮޑު ޗުއްޓީ ޑިސެމްބަރުގައި

ދިރާސީ އާ އަހަރު އޭޕްރީލް ހައެއްގައި ފަށާ ގޮތަށް އަދި ސުކޫލު ބޮޑު ޗުއްޓީ ޑިސެމްބަރުމަހުގައި ލިބޭ ގޮތަށް ނިންމައި، ދިރާސީ އަހަރުގެ އެކަޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

ކަލަންޑަރުގައި އޮތް ގޮތުން އަންނަ އަހަރުގެ ފުރަތަމަ ޓާމް ފެށިގެެން ކުރިއަށް ދާނީ އެޕްރީލްމަހުގެ 6 އިން ޖުލައިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދި ދެ ވަނަ ޓާމް ކުރިއަށްދާނީ އޯގަސްޓުމަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާސީ އައު އަހަރު ޖަނަވަރީގައި ފަށާ ގޮތަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު