އާދިއްތަ, November 1
ޓްރާންސްފޯމަރަކުން ވައްކަން ކުރަން ވަދެ އުޅުނު މީހާ އިތުރު 30 ދުވަހަށް ބަންދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރަން ވަދެ އުޅެނިކޮށް ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލާގައި މިދިޔަ މަހުގެ 27 ގައި ހައްޔަރުކޮށްފައިވަނީ ނ.މާޅެންދޫ، ފެހި އައްސޭރި، އަޙްމަދު ރިސްފާން (32 އ) އެވެ.

އޭނާ ހައްޔަރުކުރީ އެ ދުވަހުގެ ފަތިހު 5:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 13 ފްލެޓް ކައިރީގައި ހުރި ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅުނު މައްސަލައެއްގައެވެ.

މި މައްސަލާގައި އޭނާ ފުރަތަމަ ބަންދުކުރީ 3 ދުވަހަށެވެ.

ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާއެކު ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު