Saturday, October 31
ނޮވެމްބަރު 3 އަދި 10 ގައި ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ދޭނެ

ސަރުކާރު ބަންދު ދުވަސްތައް ކަމުގައިވާ ނޮވެންބަރު 3 އަދި 10 ވަނަ ދުވަހު ވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަން އިމިގްރޭޝަނުން އިއުލާނު ކޮށްފިއެވެ.

އިމިގްރޭޝަނުން އިއްޔެ ބުނީ މި ޚިދުމަތް ދޭނީ ހަމައެކަނި އިމިގްރޭޝަންގެ މާލޭ އޮފީހުން ކަމަށެވެ.

އެގޮތުން އިމިގްރޭޝަނުން ވަނީ އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރަށް ހުޅުވާލާފައެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ކުއްލި ހާލަތްތަކުގައި ޕާސްޕޯޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވެ އޮންލައިންކޮށް ހުށަހަޅަން ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ވަނީ ހަމަޖައްސާފައެވެ.

އަދި ކިޔުބީން ނަންބަރެއް ނަގައިގެން ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރެއް ނަގައިގެން ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން 14:00 އަށެވެ.

ސިއްޙީ ކުއްލި ހާލަތްތަކުގައި ގުޅާނީ އިމިގްރޭޝަންގެ 9555333 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު