އާދިއްތަ, November 1
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު ގެނެސްފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު ގެނެސްފިއެވެ.

ޕީއެންސީއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 9 ގައި ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވާ ތާރީޚު ފަސްކޮށް، މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ މި މަހުގެ 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމާ ގުޅިގެން އެ ހަފުތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރުމަށް ހަމަޖެހިފައިވުމާއެކު މި މަހުގެ 9 ވަނަ ދުވަހު ވޯޓުލުމުގައި މެންބަރުންނަށް ތަކުލީފުތަކެއް ކުރިމަތިވާނެތީ އިންތިޚާބު ބާއްވާ ތާރީޚު ފަސްކޮށްދިނުމަށް ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ އެދުމުގެ މަތިންނެވެ.

އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި، ރަށްރަށް އަދި ކެންޑިޑޭޓުންގެ ނަންތަކާއި ވޯޓު ލެވޭ މީހުންގެ ލިސްޓު މި މަހުގެ 10 ގައި އާންމުކުރާނެ ކަމަށް ޕީއެންސީއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު