އާދިއްތަ, November 1
ރާއްޖެއަށް ޑިޖިޓަލް ކަރަންސީ ތައާރުފުކުރަނީ

ދިވެހިރާއްޖެއަށް ޑިޖިޓަލް ކަރަންސީ ތައާރުފުކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓް ޑިޖިޓަލް އިކޮނޮމީގެ ހިއްސާއަކަށް ހަދަން ބޭނުންވާކަމަށް ޔޫއެންގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިއުލާނު ކުރައްވާފައިވާނެ ކަމަށެވެ.

އެ އަމާޒު ހާސިލުކުރުމަށް ރާއްޖެއަށް ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

''އެ މަސައްކަތާ ގުޅޭ އަމަލީ މަސައްކަތްތަކުގައި، މިހާރު އެމްއެމްއޭގެ ގަވަރުނަރު މަސައްކަތް ފަށްޓަވައިފި.''

ރައީސް ވިދާޅުވީ ކްރިޕްޓޯ ކަރަންސީ ރާއްޖެއަށް ގެނައުމުގައި އޭގެ ގާނޫނީ ހުރިހާ ކަންތައްތަކަކަށްވެސް ފަރުވާ ލިބޭގޮތަށް ޚާއްސަ ގާނޫނު ހެއްދެވުމަށް ވެސް އަންގަވާފައިވާ ކަމަށެވެ.

މި ކަންކަމަކީ ކިޔަވައިގެން ނުކުންނަ ކުދިންނާއި، ޒުވާނުންނާއި، އެކިއެކި ފަންނުވެރިން ރާއްޖޭގެ އިގުތިސާދުގައި ހަރަކާތްތެރިވުމުގައި ހުރި ފުރުސަތުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒޭޝަންގެ ތެރެއިން، އާރޓިފިޝަލް އިންޓެލިޖެންސްގައި ކުރިއަށް އޮތް ތަނުގައި ރާއްޖެ ވެގެންދާނީ ދުނިޔޭގެ މައިދާނުގައި އެންމެ ކުރީ ސަފުގައި ވަރަށް ބޮޑަށް ލީޑްކުރާ ގައުމަކަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު