އާދިއްތަ, November 1
މަސްވެރިންނަށް ނުދީ ހުރި 15.1 މިލިއަން ރުފިޔާ މިއަދު ޖަމާކުރަނީ

މަސްވެރިންނަށް ނުދީ ހުރި 15.1 މިލިއަން ރުފިޔާ މިއަދު  ޖަމާކުރަން ފަށާފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިއަދު މީޑިއާތަކާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަދު ޖަމާކުރާނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ނުދައްކައި ހުރި ފައިސާއެވެ.

މިފްކޯއިން ބުނި ގޮތުގައި ދެން ބާކީ ނުދެއްކި ހުންނާނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަަލަށް ކިރުވި މަހަށް ދޭންޖެހޭ 2.98 މިލިއަން ރުފިޔާއެވެ.

މަސްވެރިން ބާނާ މަސް ގަތުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ ރައީސްގެ ވައުދުފުޅުގެ މަތިން ހަނދާން ނުނެތޭ ކަމަށާއި، ސަރުކާރުން އެ ވައުދުފުޅު ފުއްދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު