Saturday, October 31
މިއީ ނޫސްވެރިންނަށް ފުރިހަމައަށް މިނިވަންކަން ދޭނެ ސަރުކާރެއް: ނައިބު ރައީސް

މި ސަރުކާރަކީ ނޫސްވެރިންނަށް ފުރިހަމައަށް މިނިވަންކަން ދޭނެ ސަރުކާރެއް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރަކީ ނޫސްވެރިންނަށް ދުލާއި، ގަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއް ކަަމަށެވެ.

މީޑިއާއާއި ނޫސްވެރިން ބާރުވެރިކޮށް، އެހީތެރިކަން ފޯރުކޮށްދީ މި ދާއިރާ ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދޭ ކަމެއް ކަމަށާއި، މިޑިއާ ބާރުވެރިކޮށް ކުރިއެރުވުމަށް، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި ކަމާ ގުޅޭ މުވައްސަސާތަކުން ބާރު ދުވެލީގައި މަސައްކަތްކުރަމުންދާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ނައިބު ރައީސް ވަނީ އާޓިފިޝަލް އިންޓެލިޖަންސާއި، އެ ނޫން ވެސް ފަންނިއްޔާތުގެ މަންސަތަކުން ހޯދާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް، މީޒާން ހަމަކޮށް، ޒިންމާދާރުކަމާއި ތެދުވެރިކަމާއެކު ޒިންމާ އަދާކުރުމަށް ނޫސްވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ކުށެއް ނެތް ސާފު ދިވެހިބަހުން ލިޔެ، ވާހަކަދައްކައި ހެދުމަށް، މީޑިޔާ މެދުވެރިކޮށް ރައްޔިތުންނަށް ހިތްވަރުދިނުމަށް ވެސް ނޫސްވެރިންނަށް އިލްތިމާސް ކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، މަދަރުސާތަކުންނާއި ކޮލެޖު، ޔުނިވަރސިޓީތަކުން ކިޔަވައިގެން ނިކުންނަ ޤާބިލު ދަރިންގެ ތެރެއިން މޮޅެތި ނޫސްވެރިން އުފެއްދުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު