Saturday, October 31
މެޑަމް ސާޖިދާ، ގެމްބިއާގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ގެމްބިއާގެ ފަސްޓް ލޭޑީ، ފަޓޮމަޓާ ބަ ބަރޯއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި މެޑަމް ސާޖިދާއާއި ގެމްބިއާގެ ފަސްޓް ލޭޑީ ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އޭގެތެރޭގައި މުޖުތަމައުގެ މެދުގައި ގާތް ގުޅުންތައް އުފައްދައި، އާންމުން ބޭނުންވާ މުހިންމު ކަންކަމުގައި ހުރި ހުރަސްތައް ނައްތާލަން ސަމާލުކަން ދިނުން ފަދަ މައުޟޫއުތައް ހިމެނެއެވެ.

މީގެއިތުރުން ދެ ކަނބަލުން ވަނީ މެރކް ފައުންޑޭޝަނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.

އެގޮތުން މެޑަމް ސާޖިދާއާއި ގެމްބިއާގެ ފަސްޓް ލޭޑީ ވަނީ އޭޝިއާ އަދި އެފްރިކާގެ މުޖުތަމައުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެ ފައުންޑޭޝަނާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނުގެ ހައިސިއްޔަތުން އެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓެންޒޭނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި ފަސްޓް ލޭޑީ ސާޖިދާ ވަނީ މެރކް ފައުންޑޭޝަންގެ ސީއީއޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް އާ ވެސް ބައްދަލުކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު