އާދިއްތަ, November 1
އިންތިގާލީ އިންސާފުގެ އޮފީސް އުވައިލިއިރު، އެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވޭ: އޭޖީ

މިދިޔަ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި، މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.

އުޝާމް ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ހަވާލުވިއިރުން ފެށިގެން އެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަަށް އުޝާމް ވިދާޅުވިއެވެ.

މި މައްސަލަތައް ހައްލުކުރުމަށް ރައީސް އޮފީހުން އޭޖީ އޮފީހަށް ޕޮލިސީ ޑައިރެކްޝަނެއް ވެސް ލިބިފައިވާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ އޮމްބަޑްސް ޕާސަން އޮފީހަށް ހުށަހެޅި ބައެއް މައްސަލަތަކަކީ އޭގެ ބާވަތުން ގާނޫނީ ހައްލު ހޯދަންޖެހޭ މައްސަލަތަކަށްވާތީ ވަގުތު ނަގާނެ ކަމަށެވެ. މި މައްސަލަތަކަކީ ވަރަށް ގިނަ ބައެއްގެ ހައްގުތަކެއް ގެއްލިގެން ހުށަހަޅާފައިވާ ސީރިއަސް މައްސަލަތަކެއް ކަމަށާއި، ނަމަވެސް އޮމްބަޑްސްޕަރސަން އޮފީހުން ގާނޫނާ އެއްގޮތަށް މަސައްކަތްނުކޮށް، ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

އޮމްބަޑްސްޕަރސަން އޮފީހަކީ 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އުފެއްދި އޮފީހެކެވެ. މިދިޔަ ވެރިކަން ނިމުނު އެ އޮފީސް ވަނީ އުވައިލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު