އާދިއްތަ, November 1
އޮންލައިންކޮށް ޖުވާކުޅުން ހުއްޓުވުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނަން: ބަންޑާރަނައިބު

ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ޖުވާކުޅުން ހުއްޓުވުމަށް ގާނޫނުތަކަށް އިސްލާހު ގެންނަން ނިންމަވާފައިވާ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުޝާމް ވިދާޅުވީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޖުވާކުޅުންފަދަ ކަންކަން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެއީ ގާނޫނަށް އިސްލާހުކޮށްގެން ހައްލުކުރަންޖެހޭ ކަމެއްކަން އުޝާމް ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެކަން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް އޭޖީ ވިދާޅުވިއެވެ.

ޖުވާކުޅުން ހުއްޓުވުމަށް ގާނޫނުތަކަށް އިސްލާހު ގެންނަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި ޖުވާކުޅެން އާންމުކޮށް ބޭނުންކުރާ ވެބްސައިޓުތަކެއް މިހާރު ވަނީ ބްލޮކްކޮށްފައެވެ. ނަމަވެސް ބްލޮކްކޮށްފައިވަނީ ކިތައް ވެބްސައިޓުތަކެއް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު