އާދިއްތަ, November 1
މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މާދަމާގެ ނިޔަލަށް ލިބޭނެ: މިނިސްޓަރު ޝިޔާމް

މިފްކޯއަށް މަސްވެރިން ކިރުވި މަހަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މާދަމާގެ ނިޔަލަށް ދީ، ޚަލާސްކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މަސްވެރިންނަށް ނުދެއްކި ބާކީ ހުރީ 16 މިލިއަން ރުފިޔާ ކަމަށެވެ. އަދި މާދަމާ މަސްވެރިންނާ ހިސާބަށް މިހާރު ހުރި ބެކްލޮގް އެއްކޮށް ކްލިއާ ވާނެ ކަމަށެވެ.

މަސްވެރިން ބާނާ މަސް ގަތުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ވައުދުފުޅުގެ މަތިން ހަނދާން ނުނެތޭ ކަމަށެވެ. އަދި ސަރުކާރުން އެ ވައުދުފުޅު ފުއްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މާދަމާގެ ނިޔަލަށް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއިރު، ރައީސް ޑރ. މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއަށް ހަވާލުކުރެވިފައި ކަމަށެވެ. އަދި މެނިފެސްޓޯގައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު