އާދިއްތަ, November 1
މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ޖުމްލަ އަދަދު މިހާރު ވަނީ މިފްކޯއާ ހަވާލުކުރެވިފައި: ރައީސް

މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ޖުމްލަ އަދަދު މިހާރު ވަނީ މިފްކޯއާ ހަވާލުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯއަށް ހަވާލުކުރެވިފައި ކަމަށެވެ. އަދި މެނިފެސްޓޯގައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް މަސްވެރިންނަށް ނުދެވި، ޕެންޑިންގ ޕޭމަންޓްތަކުގެ ގޮތުގައި 09 މިލިއަން ރުފިޔާ އެބައޮތް ކަމަށް މި މަހުގެ 15 ވަނަ ދުވަހު މިފްކޯއިން ވަނީ ބުނެފައެވެ. އެއީ 331 ދޯންޏަކުން ކިރުވި މަހަށް ދޭންޖެހޭ ފައިސާއެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 862.3 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު