އާދިއްތަ, November 1
އިންޑޮނޭޝިޔާއިން އިތުރު ތަމްރީން ހާސިލުކުރުމަށް އިމާމުންނަށް ޚާއްސަ ދަތުރެއް

އިންޑޮނޭޝިޔާއަށް އިތުރު ތަމްރީން ހާސިލުކުރުމަށް އިމާމުންނާއި ޚަޠީބުންނަށް ތަމްރީން ދަތުރެއްގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ މި ދަތުރަކީ އެ ވުޒާރާއާއި އެންޑޮވްމެންޓް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސިވިލައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ 7 ދުވަހުގެ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކަކީ https://forms.office.com/r/aNQftFPrpf މިއެވެ.

މި ދަތުރުގައި ބައިވެރިވާ އިމާމުން ފުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ކަމަށާއި، އެނބުރި އައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށް ވުޒާރާއިން ބުންޏެވެ.

އިމާމުންގެ ހުރުމާއި، ކެއުން އަދި އެތެރޭގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސައިދެނީ އިންޑޮނޭޝިޔާއިން ކަމަށްވާއިރު، މި ދަތުރުގެ ޓިކެޓާއި ވިސާގެ ޚަރަދުތައް ކުރަން ޖެހޭނީ ބައިވެރިން އަމިއްލައަށެވެ.

ރާއްޖެއިން ބޭރުން އިމާމުންނަށް ތަމްރީނު ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ބައެއް އިމާމުން ވަނީ ސަޢުދީ އަރަބިއްޔާއަށާއި ބުރުނާއީއަށް އިތުރު ތަމްރީން ހޯދުމަށް ދަތުރުތައްކޮށްފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު