އާދިއްތަ, November 1
އެޑިޔުކޭޝަން މިނިސްޓްރީން ލޭ ހަދިޔާކުރުމުގެ ޚާއްސަ ކޭޕްމެއް ފަށަނީ

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މާދަމާ، ލޭ ހަދިޔާކުރުމުގެ ޚާއްސަ ކޭޕްމެއް ފެށުމަށް ނިންމައިފިއެވެ.

މި ކެމްޕޭން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރެކްރިއޭޝަން ކްލަބް ކަމަށްވާ ތައުލީމީ ގުޅުމާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްއާ ގުޅިގެންނެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ބުނީ މި ކޭމްޕް ކުރިއަށްދާނީ މާދަމާއާއި ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ހަވީރު 18:45 އާ ހަމައަށް ކަމަށެވެ. އަދި މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އޮންނާނެ ކަމަށެވެ.

މި ކޭމްޕާ ގުޅޭ ގޮތުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްސަ މައުލޫމާތު ސެޝަނެއް ވެސް ކުރިއަށްގެންގޮސްފައެވެ. މި ސެންގައި، ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައިވާ ކަމަށް މިިނިސްޓްރީން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު