އާދިއްތަ, November 1
މިސް ޔުނިވާސްގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ބައިވެރިވަނީ

މިސް ޔުނިވާސްގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިސް ޔުނިވާސް 2024 ގައި ބައިވެރިވެފައިވަނީ ދިވެހި މޮޑެލްއެއް ކަމަށްވާ މަރްޔަމް ޝައިނާ ނަސީމް (21) އެވެ.

އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މެކްސިކޯއަށް ދިއުމަށް އެ އެމްބަސީއިން ޝައިނާއަށް ވިސާ ހަމަޖައްސައިދީފައިވާ ކަމަށެވެ.

މިއީ މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވާ ފުރަތަމަ ފަހަރުކަން ވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

މިސް ޔުނިވާސް 2024 ކުރިއަށްދާނީ މި ފެށޭ މަހުގެ 16 ގައެވެ. މި މުބާރާތުގައި 76 ބައިވެރިން ވާދަކުރާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު