އާދިއްތަ, November 1
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާކުރަމުންގެންދާ، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 3 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.

އެހެންކަމުން އޭގެ ކުރިން އިޖުތިމާއީ ކޮމިޓީގެ އީމެއިލް އެޑްރެސް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ޚިޔާލު ހުށަހެޅުމަށް ވަނީ އެދިފައެވެ.

https://x.com/mvpeoplesmajlis/status/1851210023545999399?t=JyGCVWPghlxuPQbk4fq71w&s=19

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސިނގިރެޓާއި، ވޭޕްކުރަން ބޭނުންކުރާ އެފަދަ އާލާތްތައް ދިވެހިރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، ބޭނުންކުރުން މަނާކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ހިމެނެއެވެ. އަދި ގާނޫނާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތައް އިތުރުކުރުމާއި، އެ ނޫން ވެސް ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން ހިމެނެއެވެ. އެގޮތުން މި ބިލުގައި 34 އިސްލާހެއް ހިމަނާފައިވެއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ބިލަށް ވާހަކަދައްކަވަމުން އައިފާން ވިދާޅުވީ ޒުވާނުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން އިންތިހާއަށް އިތުރުވެގެން ގޮސް މިހާރު މުޅި މުޖުތަމައުއަށް މިކަން ބޮޑު ވަބާއެއްގެ ގޮތުގައިވެފައިވާ ކަމަށެވެ. އެހެންކަމުން މިކަމަށް ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފި ކަމުގައިވަނީނަމަ، ޒުވާން ޖީލެއް އެއްކޮށް ނެތިގެންގޮސްދާނެ ކަމަށާއި، ނޫނީ މި ވަބާގެ ތެރެއަށް ޒުވާން ޖީލު އެއްކޮށް ޣަރަގުވެގެން ގޮސްދާނެކަމުގެ ބިރު މިއަދު އެބައޮތް ކަމަށް އައިފާން ވިދާޅުވިއެވެ.

https://x.com/mvpeoplesmajlis/status/1851135802233012684?t=EYpaW-M1_Y5cIeFMwdzLAQ&s=19

އައިފާން ވިދާޅުވި ގޮތުގައި ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނެވޭ އެންމެ މުހިންމު އެއް އިސްލާހަކީ ދުނިޔޭގައި ތަރައްގީވެފައި ގައުމުތަކުގައި ވެސް އަމަލުކުރާ ފަދައިން ދުންފަތް ގަތުމުގައި ވަކި އުމުރެއް ކަނޑައެޅުމެވެ. އެގޮތަށް މިހާރު 18 އަހަރަށް ކަނޑައެޅިފައި އޮތް އުމުރުފުރައިން 21 އަހަރަށް ބަދަލުކުރުމަށް މި ބިލުގައި ހިމަނާފައިވާކަން އައިފާން ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖޭގައި 18 އަހަރުގައި ސިނގިރޭޓު ގަނެވޭ ގޮތަށް މި އޮންނަ އޮތުން މި ބަދަލުކޮށް، 21 އަހަރަށް ބަދަލުވެގެންދިއުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް އެ ހޯދަން ނޫނީ އެ ލިބުން
ދަތިވެގެންގޮސްފައި ވެސް އެކަމަށް އެ ފަރާތްތަކަށް ދުރުކުރެވޭނެ ކަމެއް ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ.

ބިލުގެ މަގުސަދުތަކުގެ ތެރޭގައި ޒަމާނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ދޮރު ބަންދުކުރުން ހިމެނޭކަން ފާހަގަކުރައްވަމުން އައިފާން ވިދާޅުވީ މިހާރަކަށް އައިސް ދިވެހިރާއްޖޭގައި އަދި ދުނިޔޭގައި ވެސް ވަރަށް '"ޓްރެންޑީ"' ކަމެއްގެ ގޮތުގައި ދެކިގެން އިލެކްޓްރޯނިކް އެކި ބާވަތްތަކުގެ އާލާތްތައް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ފެނިގެންދާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ޓޫލެއްގެ ގޮތުގައި ވޭޕް ބޭނުންކުރަމުން ގެންދާކަން ވެސް އައިފާން ފާހަގަކުރެއްވިއެވެ.

ޒުވާނުން ޚާއްސަކޮށް ޅަކުދިންގެ ތެރޭގައި އެ ކުދިން އެންމެ ގަޔާވާ ކަހަލަ ގޮތަށް މީގެ ފްލޭވާސްތަކާއި އެއްޗެހި ހަދައިގެން މީގެ ބޭނުން އެ ކުދިންގެ ހިތްޖެހޭ ގޮތަކަށް މި ކަހަލަ ބާވަތްތަކުގެ ތަކެތި މިހާރު ވަނީ މިތަނަށް ވެސް އެތެރެކުރެވި، މީތި ވަނީ ވަރަށް ބޮޑަށް އާންމުވެފަ. އަޅުގަނޑުމެންނަށް އެބަ އެކިއެކި ފަރާތްތަކުން ޝަކުވާ އެބަ ލިބޭ، ޚާއްސަކޮށް ބެލެނިވެރިންގެ ފަރާތުން ވެސް އަދި ސްކޫލުގެ ޓީޗަރުންގެ ފަރާތުން ވެސް ސްކޫލުތަކުގައި ވެސް މި ދުންފަތުގެ އެކިއެކި، ދުންފަތުގެ އިސްތިއުމާލު އެ ސްކޫލުތަކުގައި ކުރަމުންދާކަމުގެ ޝަކުވާތައް އަޅުގަނޑުމެންނަށް ވަނީ ލިބިފަ.

ބިލު ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި އާންމު ސިއްހަތު ރައްކާތެރިކުރުން ހިމެނޭކަން ވެސް އައިފާންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އައިފާން ވިދާޅުވީ ދުންފަތުން ވަރަށް ބައިވަރު ސިއްހަތަށް ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި، ދިވެހިރާއްޖޭގެ ތަފާސްހިސާބުތައް ބަލައިލި ކަމުގައި ވިޔަސް ކެންސަރު ބައްޔަށް ބޭސްފަރުވާކުރާ ފަރާތްތައް ވަރަށް ގިނަވެއްޖެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނާޑު - 2024-10-30T03:01:39

    އަދި ކިރިޔާ ރަނގަޅު ވަނީ