Saturday, October 31
2025 ވަނަ އަހަރުގެ މެދުތެރޭގައި މާލޭގެ މަގުތައް ހަދަން ފެށޭނެ

2025 ވަނަ އަހަރުގެ މެދުތެރޭގައި މާލޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއްތަލިބް ވިދާޅުވި ގޮތުގައި، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށްގެންދާ މަޝްރޫއެއް ކަމަށާއި، މިފަދަ މަސައްކަތްތައް ކުރިޔަށްގެންދާ ވަކި ޕްރޮސެސްތަކެއް ހުންނަ ކަމަށެވެ. އެގޮތުން، މަގުހެދުމުގެ މަސައްކަތަށް މި އަންނަ މަހުގެ 4 ވަނަ ދުވަހު ފީޒިބިލިޓީ ޓީމެއް މާލެ އަންނާނެ ކަމަށާއި، އަދި 20 ދުވަސް ވަންދެން އެ ޓީމުން މާލޭގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ފެށުމާއެކު މި މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާނެ ކަމަށާއި، ޓާގެޓަކީ އަންނަ އަހަރު މި މަޝްރޫއު ފަށައިގެން ކުރިޔަށް އޮތް 4 އަހަރުގެ ތެރޭގައި މަޝްރޫއު ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މާލެއަކީ ވަރަށް ތޮށްޖެހިފައި އޮތް ތަނަކަށްވާތީ ވީހާވެސް މީހުންނަށް ދަތިނުވާ ގޮތަށް ވިސްނައިގެން ޕްރޮޖެކްޓް ކުރިޔަށް ގެންދާނެތީވެ ސީދާ ޕްރޮޖެކްޓް ނިމޭނެ ދުވަހެއް ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު