ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފުލެޓްތަށް ލިބޭމީހުންގެ ލިސްޓް އަންނަމަހުގެ ދެވަނަ ހަފްތާގައި ނެރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.
މިދިޔަ ސަރުކާރުން، ފުލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަަށް ތުހުމަތުކޮށް، އާންމު ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅިއެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން، '"ހައުސިންގ އެޑްވައިޒަރީ ކޮމިޓީ"" އެއް އެކުލަވައިލިއެވެ. އަދި މާލެ ސިޓީ ކައުންސިލުން ""ހައުސިންގ ކޮންސަލްޓެޓިވް ކޮމިޓީ"' އެއް ވެސް އެކުލަވައިލިއެވެ. މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޓީން ވެސް ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓް އެކުލަވާލައިފައިވާ ގޮތް ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ މި ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ އިވެލުއޭޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި މަސައްކަތް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް މިނިސްްޓްރީން ބުންޏެވެ. މަސައްކަތް ކުރަމުންދަނީ އަންނަ ނޮވެމްބަރުމަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ފުލެޓުގެ ވަގުތީ ލިސްޓް އާންމުކުރުމުގެ މަސައްކަތްތައް ކުރުމަށް ކަމަށް މިނިސްްޓްރީން ބުންޏެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އަންނަނީ 32 ޓަވަރު އިމާރާތްކުރަމުންނެވެ. އަދި މި ޓަވަރުތަކުގައި ދެކޮޓަރީގެ 1200 އެޕާޓްމަންޓާއި ތިންކޮޓަރީގެ 2,800 އެޕާޓްމަންޓް ހިމެނެއެވެ.ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ނެރުން އަންނަ މަހަށް ލަސްވެއްޖެ

މި ލިޔުން ކިޔާލުމުން





