Saturday, October 31
ހަށި ވިއްކަން އުޅުނު 7 މީހަކު އަތުލައިގެންފި

ފުޅާ ދާއިރާއެއްގައި ހަށި ވިއްކަން އުޅުނު ހަތް ބިދޭސީ މީހަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި އޮކްޓޫބަރު މަހު ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން އެފަދަ ފަސް މައްސަލައަކާއި ގުޅިގެން ބިދޭސީ ހަތް އަންހެނަކާއި އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ދެ ފިރިހެނަކު ވަނީ އިމިގްރޭޝަންގެ އަތުލައިގަނެފަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ފަސް އަންހެނަކާއި އަދި އެއް ފިރިހެނަކު މިހާރު ވަނީ ޑީޕޯޓުކޮށްލާފައި ކަމަށެވެ. އަދި އަނެއް ތިން ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު